Thursday, November 19
އާރުޑީސީގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނެސް ކުލާހެއް ހިންގައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ބޭސިކް ފަޔަރ އެވެއަރނެސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އާރުޑީސީގެ ސައިޓުގައި މިއަދު ކުރިއަށްގެންދިޔަ މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާން ރޯވާގޮތާއި، އަލިފާން ފެތުރޭގޮތާއި، އަލިފާންނިވި ބޭނުން ކުރާނެ ގޮތުގެ އިތުރުން އަލިފާން ނިއްވާނެ ގޮތް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނީ ކިހިނެއް ކަމާއި، ފަޔަރ ސޭފްޓީ އިކުއިޕްމަންޓް ބޭނުން ކުރާނެ ގޮތާއި، ބުލޭންކެޓް އަޅައިގެން އަލިފާން ނިއްވާނެ ގޮތުގެ ފަރިތަކުރުންތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

އާރުޑީސީގެ މުވައްޒަފުންނަށް ހިންގި މި ފަޔަރ އެވެއަރނެސް ކުލާހުގައި އެ ތަނުގެ 48 މުވައްޒަފުން ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު