Saturday, October 31
ބޮންޑެޑް ވެއާރހައުސްއެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ތަހުޤީޤުކުރަނީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ނޭނގި ބޮންޑެޑް ވެއަރހައުސެއްގައި ހުރި މުދާ ނެރުނު މައްސަލައެއް ތަހުޤީޤުކުރަން ފަށައިފިއެވެ.

ހޯމް މިނިސްޓަރ ޢަލީ އިހްސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ބޮންޑެޑް ވެއަރހައުސް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓުތަކުގައި ހިންގަމުން އަންނަ ކަމަށާއި، އެފަދަ ތަންތަނުގައި ދެ ތަޅު ހަރުކޮށް ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްއިން ކަމަށެވެ. މުދާ ގެއްލުނު ބޮންޑެޑް ވެއަރހައުސްއަކީ ވެސް ގެއެއްގައި ހަދާފައި ހުރި ތަނެއްކަން މިނިސްޓަރ އަލީ އިހްސާން  ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ވެރިފަރާތުން ވެއާރހައުސް ހިންގި ތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކުރަމުން އަންނަ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން އެކަން ޔަގީންކޮށް ތަނުގެ ވެރިފަރާތަށް އެތަނުގައި ހުރި ކަމަށް ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާވާނެ ކަމަށް ވެސް މިނިސްޓަރ އަލީ އިހްސާން ވިދާޅުވިއެވެ.

އަދި މިކަން ހިނގިގޮތް ބަލާ ޤާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސް އާއި ފުލުހުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގެތަކުގައި ބޮންޑެޑް ވެއަރހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ސަރުކާރުން އެކަން ބަދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ބޮންޑެޑް ވެއާރހައުސް ދެން ހިންގޭނީ ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ކަމަށް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު