އާދިއްތަ, November 1
އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު ސައުދީ އަރަބިއްޔާ އަށް އުމްރާއަށް ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ 63، އެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ހުސެއިން ސައުދީ ދިޔައީ އިއްޔެގެ ވަގުތެއްގައެވެ.

ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސެއިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަނިކޮށް ކަމަށެވެ. ހުސެއިން ގެއްލުނު އިރު ހުރީ އިހުރާމުގައެވެ.

އަދި އޭނާ ގެއްލުނުއިރު ކަރުގައި ޖަމާއަތުގެ ފާސް ވެސް އަޅާފައިވާނެކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.

ހުސެއިން އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އެންގުމަށް އެ ގްރޫޕުން އެދެއެވެ.

މައްކާއިން ގުޅޭނެ ނަމްބަރު: 593709492 966+ / 565836862 966+

މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު