Saturday, October 31
ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ޔޫއޭއީގެ ވެރިކަންކުރާ ޢާއިލާގެ މެންބަރެއް ކަމަށްވާ ހިޒް ހައިނެސް ޝެއިޚް ސުރޫރް ބިން މުޙައްމަދު އަލް ނަޙްޔަން އާ ބައްދަލުކުރައްވައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، އެކުގައި މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި، ދެމެހެއްޓެނިވި މަސްވެރިކަމާއި، އެކްސްޕޯޓު ކުރިއެރުވުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ދެބޭފުޅުން ދެއްވާ އަހައްމިއްޔަތުކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މިއީ، ވަޒީރު ޝިޔާމް މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު