Saturday, October 31
ތައިލޭންޑް އަންހެނަކަށް ސްޕޮންސަރ އަނިޔާކުރި މައްސަލައެއް ބަލަނީ

އއ. ތޮއްޑޫގައި މަސައްކަތް ކުރަމުން އައި ތައިލޭންޑްގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ތޮއްޑޫގައި މަސައްކަތްކުރާ ތައިލޭންޑްގެ އަންހެނަކަށް އޭނާގެ ސްޕޮންސަރ އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ޑިސެންބަރު 26 ވަނަ ދުވަހުގެ 18:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، ތޮއްޑޫގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރާ ވާހަކަތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު