Saturday, October 31
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާންގެ މަޖިލިސް މެންބަރަކު ނިޔާވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަމުންދިޔަ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޓޮޝިޔުކީ އަޑާޗި ނިޔާވެއްޖެއެވެ.

އޭނާއަކީ ޖަޕާނުގެ ވެރިކަން ކުރާ ލިޕަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ) ގެ މެންބަރެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޅ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 70 އަހަރުގެ ފަތުރުވެރިއަކު ސްނޯކެލިންގ އަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައިވާ އޮއްވާ ފެނުނު މައްސަލައެއް އިއްޔެ ހެނދުނު 8:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު