އާދިއްތަ, November 1
މަސްތުވާތަކެތި ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. ސްވިންގް ބަލައި ފާސްކޮށް ހައްޔަރުކުރީ ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ކަމަށެވެ.

ހައްޔަރުކުރި ދެ މީހުންނަކީ މާލެ، މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް، 41، އާއި ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުޙައްމަދު އިވާން، 23، އެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ސްވިންގް ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމްގެ އިތުރުން ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެންނެވެ. އަދި އެ މީހުން 24،110ރ. ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި ސަފްނީޒް 10 ދުވަހަށް އަދި މުޙައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އަދި 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.

މި މައްސަލަ އަންނަނީ އިތުރު ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު