Saturday, November 14
އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޔޫއެންއެފްޕީއޭއިން ސިޓީ ކައުންސިލަށް އެހީތެރިވަނީ

ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި، ޔޫއެންއެފްޕީއޭއިން ހޭލުންތެރިކަން އިތުރުކުރުމާއި ޤާބިލުކަން އުފެއްދުމަށް މާލޭ ސިޓީ ކައުންސިލާ ޔޫއެންއެފްޕީއޭ ގެ ރާއްޖޭގެ އޮފީހާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމުގެ މަޤްޞަދަކީ މާލެ ސިޓީގައި އަންހެނުންނާއި ޒުވާނުންގެ ދިރިއުޅުން ރަނގަޅުކުރުމަށް އިޖްތިމާޢީ ބަދަލު ގެނައުމުގެ ޙަރަކާތްތަކަށް ދެފަރާތުގެ ހިއްސާ އިތުރުކުރުމެވެ.

މި  އެއްބަސްވުމުގެ ދަށުން، ދެފަރާތުން ގުޅިގެން ހަމަހަމަ ފުރުޞަތުތަކާއެކު އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން އެއްބާރުލުން ދެވޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމުގެ މަސައްކަތްތަކާއި، އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްތަކާއި، އަދި ސްޓްރެޓެޖިކް މުވާޞަލާތުގެ ކަންކަން ހިމެނޭ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

"ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި، ޔޫއެންއެފްޕީއޭއިން ހޭލުންތެރިކަން އިތުރުކުރުމާއި ޤާބިލުކަން އުފެއްދުމަށް ޓެކްނިކަލް ތަޖުރިބާ ފޯރުކޮށްދޭނެ" ސިޓީ ކައުންސިލުން ފޭސްބުކްގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު