Saturday, November 14
ހާފިޒުން ދަސްވެނިވުން ކޮންމެ ރަމަޟާން މަހެއްގެ 27 ވިލޭރޭ ބާއްވަނީ

ގުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ކޮންމެ އަހަރަކު ރަމަޞާން މަހު ހާއްސަ ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޤުރުއާން ހިތު ދަސްކުރާ ފަރާތްތައް ދަސްވެނިވުމަށް ކޮންމެ އަހަރަކު ޚާއްޞަ ޙަފްލާއެއް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

މި ޙަފްލާ އޮންނާނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށާއި ދަސްވެނިންނަށް ޚާއްޞަ ގައުނެއް ވެސް ތައްޔާރުކުރެވޭނެ ކަމަށް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

" ފުރަތަމަ ޙަފްލާ މި އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވޭނެ" ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުން ޙާފިޒުން ގެ ދަސްވެނިވުން ބާއްވަން ޚާއްޞަ ހަފްލާއެއް ބާއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އަބަދުވެސް ސަރުކާރުން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އިނާމުދެއެވެ. އެއީ ސަރުކާރުން ބާއްވާ އެކި ޙަފްލާތަކުގައެވެ.

އަންނަ ރަމަޟާން މަހުން ފެށިގެން ވަކި ހަފްލާއެއް ބާއްވާއިރު މިނިސްޓްރީން މީގެ ކުރިން ވަނީ ގުރުއާން ދަސްވެިބ=ވާ ފަރާތަކުން ލާނެ ގައުން ޑިޒައިން ކުރުމަށްވެސް ހުޅުވާލާފައެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ވަރަށް ގިނަ ފާރަތްތަކާއި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ބައްދަލުކުރައްވައެވެ. ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ދާދި ފަހުން ސަރުކާރުން ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު