Saturday, October 31
މާލޭގައި މިރޭ ހަވާ އަރުވަނީ
މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ މިއަދު 21:00 ގައި މާލޭ އާޓިފިޝަލް ބީޗުގައި ހަވާ އަރުވާނެ ކަމަށެވެ. މިގޮތުން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ވިޔަފާރި އުސޫލުން ކައިވެނިތަކާއި އެކިއެކި ހަރަކާތްތަކާއި ޙަފުލާތަކަށް ހަވާ އެރުވުމުގެ ޅިދުމަތް ސިފްކޯއިން ފޯރުކޮށްދެއެވެ. އައު އަހަރު ފެށުމާ ގުޅިގެންވެސް ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު، އައު އަހަރާ ގުޅުވައިގެން ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން އެމްއެންޑީއެފުން ވަނީ ރޭ ހުޅުމާލޭ ފޭސް 3 ގައިވެސް ހަވާ އެރުވުމުގެ ތަމްރީނެއް ކުރިއަށްގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު