އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި މަންމޯހަން ސިންގ އަވަހާރަވީ އޭނާގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. މަންމޯހަން ސިންގ އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ.
2004 އިން 2014 އަށް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި މަންމޯހަން ސިންގ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ އެ ގައުމުގެ ރައްޔިތުންނާއެކު ކަމަށެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި [މަންމޯހަން ސިންގ ގެ] އާއިލާއަށާއި، އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވަން.
މީގެއިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައި މަންމޯހަން ސިންގ ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގައި ރާއްޖެއަށް މުހިންމު ދަތުރުފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މަންމޯހަން ސިންގ ގެ ''ލުކް އީސްޓް ޕޮލިސީ'' އަކީ މުޅި ދެކުނު އޭޝިޔާގެ ތަރައްގީއަށް މުހިންމު ޕޮލިސީއެއްކަން ވެސް
ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން