Saturday, November 14
އަލީ ޙަމީދުގެ ކުންފުނީގެ މައްސަލަ އަވަސް ކުރަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ލ. އިސްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައެއްގެ ތަޙުޤީޤް އަވަސްކުރަން އަންގައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 44 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް ފުލުހުންނަށް މިއަދު އަންގާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީއިން ބައްލަވައި، ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށެވެ. އެ އޮފީހުން ބުނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ޢާންމު މަޞްލަހަތު މަތީ ދަރަޖައަކަށް އޮތް ޙައްސާސް މައްސަލައެއް ކަމަށްވާތީކަމަށެވެ.

އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަޙުޤީޤުކުރެއްވުމަށް ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު