ޤައުމަށް ދިމާވާ ކޮންމެ ނިކަމެތިކަމަކުން އަރައިގަތުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމަކީ ލާޒިމުކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން، ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރަމުން ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީގެ ބިޔަ ރާޅުގައި ރާއްޖޭގެ މީހުން ދިރިއުޅޭ އެތަކެއް ރަށެއް ސުންނާފަތިވެ، ނިކަމެތި ހާލުގައި ދިވެހީންގެ އެތައްބައެއް ޖެހުނު ހިތްދަތިވަގުތުގައި، ދިވެހީން ދެއްކެވި އެއްބައިވަންތަކަމުގެ މަތިވެރި ޒިކުރާ އާކުރާ ދުވަސް ކަމަށެވެ.
"ޤައުމަށް ދިމާވާ ކޮންމެ ނިކަމެތިކަމަކުން އަރައިގަތުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމަކީ ކޮންމެހެން ލާޒިމްކަމެއްކަމުގައި ދެކި ދިވެހި ޤައުމަށް ހެޔޮ ގޮތް ހޯދުމަށް އެކުވެރިވެ އަބަދުވެސް އަތުގުޅާލައިގެން ތިބުމަކީ ޤައުމުގެ ހައްޤުގައި ކޮންމެހެންވެސް ކުރަންޖެހޭކަމެއް." ގާސިމް ވިދާޅުވިއެވެ
އަދި މި މުހިންމު ދުވަހުގައި ޢަޒުމު އާކުރަންވީ އާހިތްވަރަކާއި އެކު އެކުވެރިކަމާއި އެއްބައިވަންތަކަން އަލުންދިރުވުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން