އާދިއްތަ, November 1
ގާނޫނާ ހިލާފާށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ބޯޓެއް ޑްރޯންގެ އެހީގައި ހޯދައި އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި،  ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ބޭރުގެ ބޯޓެއް ލޮކޭޓްކޮށްފައިވާ ކަމަށެވެ.

ކޯސްޓްގާޑުން ވަނީ މި ބޯޓު އިންޓަރސެޕްޓް ކުރުމަށްފަހު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު