ބ. ކަމަދޫ ޕޮލިސް ޕޯސްޓުން އެރަށުގައި ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ހިންގި ހޭލުންތެރިކުރުމުގެ މި ޕުރޮގުރާމަކީ ކަމަދޫގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޕުރޮގުރާމެއް ކަމަށެވެ.
މި ޕުރޮގުރާމުގެ ތެރެއިން ފުލުހުން ވަނީ ކަމަދޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި އެކި ފިހާރަތައް ހިންގާ ފަރާތްތަކާ ބައްދަލުކޮށް، ސްކޭމް މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ފޭކް ސްލިޕް ފޮނުވާ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް މިފަދަ ޕުރޮގުރާމެއް ހިންގަމުންނެވެ.
މި ލިޔުން ކިޔާލުމުން