Saturday, October 31
ހުޅުމާލޭ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ
ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމްއެންޑީއެފުން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެމްއެންޑީއެފުން ބުނީ މިރޭ ހަވާ އަރުވަނީ އައު އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މިރޭ 8:00 ހާއިރު، ހުޅުމާލެ ފޭސް 3 ސަރަހައްދުގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، މި ފަރިތަކުރުންތަކުގައި ދެ މިނެޓުގެ ތިން ޝޯއެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު