Saturday, October 31
ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ދައުވާކުރުމާމެދު އޭސީސީއިން ޕީޖީއާއެކު މަޝްވަރާ ފަށައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ
މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް، މި މައްސަލައިގައި ދައުވާކޮށްދިނުުމާމެދު ގޮތެއް ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއެކު މަޝްވަރާ ފަށައިފިއެވެ.

އޭސީސީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ގެދޮރު ވެރިޔާ ސްކީމުގެ ދަށ ން ފްލެޓް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް، މި މައްސަލައިގައި ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމުމަށް، ޕީޖީ އޮފީހާއެކު، ރަސްމީކޮށް އެ ކޮމިޝަނުން ޑިއުޓީ ޕްރޮސިކިއުޝަން ފަށާފައިވާ ކަމަށެވެ.

އާންމު މަސްލަހަތު ބޮޑު މި މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިންމައި، ދައުވާ ކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން ކުުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެެއެވެ.

މިދިޔަ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުން އަންނަ 4,000 ފުލެޓު ލިބޭނެ މީހުން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް އެކަން ކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށާއި، އެގޮތުން ހައްގު ނޫން އެތައް ބަޔަކަށް ފުލެޓު ލިބޭކަމަށް ބުނުމުން އެކަން ތަހުގީގު ކުރުމަށްފަހު އޭސީސީއިން ކަނޑައެޅީ ލިސްޓު ސައްހަ ނޫން ކަމަށެވެ.

އޭސީސީއިން ބުނެފައިވާ ގޮތުން ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން %80 އަށްވުރެ ގިނަ މީހުންނަކީ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަނުވަނީސް ފުލެޓު ދިނުމަށް ނިންމާފައިވާ މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު