Saturday, October 31
ވަގަށް ގޯތި ވިއްކި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ އިލެކްޓްރޯނިކްސް ސާމާނުތައް ހިފަހައްޓައިފި

ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ ބިންވެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ އިލެކްޓްރޯނިކްސް ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ އިލެކްޓްރޯނިކްސް ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

އެޗްޑީސީއާ ގުޅޭ ބޮޑެތި ތުހުމަތުތަކާއެކު، ބިންވެރިޔާ ހައުސިންގ ސްކީމުގެ ބޭރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރަކަށް އިބްރާހިމް ފަޟުލް ރަޝީދުގެ ބޭބެެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަށް ގޯތި ލިބުނު މައްސަލަ ފެންމަތިވީ މިދިޔަ ހަފުތާގައެވެ.

އެ މައްސަލަ ފެންމަތިވުމާއެކު ފަޟުލް ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ފުލުހުން ވަނީ ފަޟުލް ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލާގައި ސަސްޕެންޑްކޮށްފައި ހުންނެވި ފަޒީލުގެ ފޯނު ވެސް މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.

މި މައްސަލާގައި ފަޒީލާއި، ފަޟުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު