އާދިއްތަ, November 1
އިންޑިއާ މީހާ އެތެރެކުރި މަސްތުވާތަކެތީގެ އަގު 100,000 ރުފިޔާއަށް އަރާ

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާގެ އަތުން ފެނުުނު މަސްތުވާތަކެތީގެ އަގު 100,000 ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މި މަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އެމްޑީ ތަމަންނާ (31އ) ކިޔާ މީހެކެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު 252 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިތަކެތީގެ މަގުމަތީ އަގު އެއްލައްކަ ރުފިޔާއަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި މައްސަލާގައި ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާ ހަވާލުވާންދިޔަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އެމްޑީ ތަމަންނާ (31އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މި މަހުގެ 14 ގައެވެ. އެ ދުވަހު ކޯޓުން އަމުރުކުރީ 10 ދުވަހުގެ މުއްދަތަށް އެ ދެ މީހުން ބަންދުކުރުމަށެވެ.

އެ މުއްދަތު ހަމަވުމާއެކު އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު