އާދިއްތަ, November 1
ހުޅުމާލެ އަކީ އަމާން ރައްކާތެރި މާހައުލެއް އޮތް ތަނަކަށް ހެދުމަށްޓަކައި އޮޕަރޭޝަން ރިވެލި ފަށައިފި

އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލީގެ ދަށުން، ހުޅުމާލެތެރެ ބެލެހެއްޓުމުގެ ގޮތުންނާއި ހުޅުމާލެ އަކީ އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ފަށައިފިއެވެ.

މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީކޮށް، ވީ.ސީ.ޕީތައް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި މީގެއިތުރުން ހުޅުމާލެ ފޭސް 1 ގެ ސަރަހައްދުތަކާއި ފޭސް 2ގެ ސަރަހައްދުތައް ބެލެހެއްޓުން އިތުރުކުރުމާއި ފޭސް 3 ހިމެނޭ ސަރަހައްދަށް ވަދެނިކުމެ ހަދާ މީހުންނާއި އުޅަނދުތައް ބަލައިފާސްކުރުމާއި، އޮޕަރޭޝަނުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަރަހައްދުތައްވެސް ޕެޓްރޯލްކޮށް ބެލެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ.

މި އޮޕަރޭޝަން ފައްޓަވައި ދެއްވައި، މުވައްޒަފުންނާ މުހާތަބުކޮށް އޮޕަރޭޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ވިޝާމް ދެއްވި ވާހަކަފުޅުގައި މި އޮޕަރޭޝަނަކީ އައު އަހަރާ ގުޅިގެން ހުޅުމާލެތެރެ ބެލެހެއްޓުން އިތުރުކޮށް، ހުޅުމާލޭތެރެ ހަލަބޮލިވިޔަ ނުދިނުމަށާއި ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ.

އަދި ހުޅުމާލެ ތެރެ އަމާންކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި  މިދުވަސްވަރަކީ ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ހަރަކާތްތައް އިތުރު ދުވަސްކޮޅެއްކަން ފާހަގަކުރައްވައި ހުރިހާ ފަރާތްތަކަށްވެސް އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި އޮޕަރޭޝަންގެ ދަށުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓް، އެއަރޕޯޓް ޕޮލިސް އަދި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރޭވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު