Friday, November 20
ވީއައިއޭގައި މަސްތުގެ ހާލަތުގައި ތިބި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓުގައިވާ ވީޑިއޯގައި ފެންނަ ގޮތުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ބިދޭސީ ފިރިހެނުންތަކެއްގެ މެދުގައި މާރާމާރީއެއް ވަނީ ހިންގައިފައެވެ. އަދި އެމީހުން ހުއްޓުވުމުގެ މަސައްކަތް އެތަނުގައި ތިބި އެހެން ބިދޭސީންނާއި ދިވެހިންގެ އިތުރުން ވީއާއިއޭގެ ޓްރެފިކް ޕޮލިހުންނާއި މުވައްޒަފުން ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަދި މާރާމާރީ ހިނގީ ސްރީލަންކާ އަށް ނިސްބަތްވާ ބިދޭސީންތަކެއްގެ މެދުގައި ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް "ސަބަބު" އިން ފުލުހުންނަށް ގުޅުމުން، އެކަން ބަލަމުންދާ ކަމުގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އަދި ލިބިފައި ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު