Saturday, October 31
ތ. ވޭމަންޑޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
ތ. ވޭމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވޭމަންޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ.މުރައިދޫ / ވެނީލާގެ މުޙައްމަދު ޝަރީފް (44އ) އެވެ. 

މުޙައްމަދު ޝަރީފް ހައްޔަރުކޮށްފައިވަނީ، މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލެއިން ފުރައިގެން ތ. އަތޮޅަށް އައި މުދާއުފުލާ ބޯޓެއް ވޭމަންޑޫއަށް ކައިރިކުރުމުން އޭނާ ހުއްޓަވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 11 ދުވަހު ބަންދުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު