Monday, November 2
ވޯޓަރ ސްޕޯޓްސް ދާއިރާއިން ޒުވާނުން ތަމްރީން ކުރަނީ

ވޯޓަރ ސްޕޯޓްސް ދާއިރާއިން ޒުވާނުން ތަމްރީނުކުރުމާއި ގުޅޭގޮތުން މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރޮޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެކު މަޝްވަރާކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމުގައި ވޯޓަރ ސްޕޯޓްސް ދާއިރާ ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ.

އެގޮތުން ވޯޓަރ ސްޕޯޓްސް ދާއިރާއިން ޒުވާނުން ތަމްރީނުކުރުމާއި ، އެ ދާއިރާ އިން ޒުވާނުން ތަމްރީނުކުރާ މަރުކަޒުތަށް ރަޖިސްޓްރީކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަށް ހިންގުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މިނިސްޓްރީން ވިދާޅުވީ ރާއްޖެއަށް މުޙިއްމު މިދަފަ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެމްއެންއެސްޑީއޭގެ އެއްބާރުލުމާއެކު، ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑަރޑް ތަކެއް އެކުލަވައިލުމާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް އަދި ތަފާތު އެކި ވޯކްޝޮޕްތަށް ކުރިއަށްގެންދާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު