Saturday, October 31
ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފި
ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފިއެވެ. މިއެހީ ޣައްޒާ ގެ ރައްޔިތުންނަށް ފޯރުކޮށްދެނީ ޤަތަރު ރެޑް ކްރެސެންޓް މެދުވެރިކޮށެވެ. ޤަތަރު ރެޑްކްރެސެންޓުން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން،ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި  އަލްޝިފާ ހޮސްޕިޓަލާއި އަލް ހަޔާތު ހޮސްޕިޓަލުގައި ހާލު ޖެހިފައިވާ ފަރާތްތަކަށް، މިހާތަނަށް 6،000 ފެން ކޭސް ބަހާފައިވެއެވެ. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޒަކާތު ހައުސްގެ އެހީ ޣައްޒާގެ ރައްޔިތުންނާއި ހަމައަށް ވާސިލް ވެއްޖެ ކަމަށެވެ. މިއީ ޒަކާތު އިދާރާއިން ބޭރުގައި ޙާލުގައި ޖެހިފައިވާ ބަޔަކަށް އެހީވާ ފުރަތަމަ ފަހަރުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޤަތަރު ރެޑްކްރެސެންޓުން ހާމަކޮށްފައިވާ ގޮތުން ޣައްޒާގެ، ހާލުގައި ޖެހިފައިވާ 60،000 ރައްޔިތުންނަށް ޒަކާތު ހައުސްގެ އެހީގައި 50،000 ފެން ކޭސް ބެހުމަށް ވަނީ ނިންމާފައެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ފަންޑުން ގާޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ (ކިއުއާރްސީއެސް) އާ ޙަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު