Saturday, October 31
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ވަޒީރު އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް، ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ.

މިގޮތުން މިއަދު ހެނދުނު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު އާދަމް ޝަރީފު ވަނީ، ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްތަކާ ގުޅިގެން، އެމަނިކުފާނުގެ އިރުޝާދާއެކު، އެ ވުޒާރާގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

މިގޮތުން ކޮރަޕްޝަނާއި ފަސާދައާ ގުޅުންހުރި އެއްވެއް ކަމެއް ނުވަތަ ނިޝާނެއް ފެނުނުނަމަވެސް ވަގުތުން ވަޒީރަށް ރިޕޯޓް ކުރެއްވުމަށާއި އެފަދަ ކަންކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހިއްސާ ކުރެއްވުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އަދުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ ވުޒާރާގެ މުވައްޒަފުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު