އާދިއްތަ, November 1
ދެ ފިރިހެނަކުވެގެން އަންހެނަކު މަގުމައްޗަށް ވައްޓާލައި ފޭރެން މަސައްކަތްކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލު ކައިރިން ދެ ފިރިހެނަކުވެގެން އަންހެނަކު މަގުމައްޗަށް ވައްޓާލައި ފޭރެން މަސައްކަތްކޮށްފިއެވެ.

ފުލުހުން "ސަބަބަށް" މައުލޫމާތު ދެމުން ބުނީ މިރޭ 7.50 ގައި ދަރުމަވަންތަ ހޮސްޕިޓަލު ކައިރިން ފޭރެން އުޅުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުންޏެވެ.

މަންޒަރުދުއް މީހަކު "ސަބަބަށް" މައުލޫމާތު ދެމުން ބުނީ އަންހެންމީހާ ފަހަތުން ދެމީހަކު ދުވިކަމަށާއި، އަންހެންމީހާ މަގުމައްޗަށް ވައްޓާލައި، އަތްދަބަސް ފޭރެން އުޅުނު ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި މަހުގެ 19 ވަނަދުވަހުގައި އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން ވަނީ މަސައްކަތްކޮށްފައެވެ.

އަދި މި މައްސަލާގައި މީހަކުވަނީ ހައްޔަރުވެސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު