Saturday, November 14
ހަށިހެޔޮރާއްޖެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ޒޯން 6 ގައި ފަށައިފި

ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހަށިހެޔޮރާއްޖެ" ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ޒޯން ހަޔެއްގައި ފަށައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން ވިދާޅުވީ ގދ. ތިނަދޫގައި ފެށި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވަނީ ދެކުނު ހަތަރު ޒޯން ކަމަށްވާ ގދ.، ގއ.، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ސްޕޯޓްސް ކައުންސިލަރުންނާއި ޔޫތު އެސޯސިއޭޓުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރަށް ރަށުގައި ކުޅިވަރު ޕްރޮގްރާމްތަކާއި، ހަށިހެޔޮ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ގޮތްތަކާއި، ޕްރޮގްރާމްތައް ބައްޓަންކުރާނެ ގޮތުގެ އިތުރުން، ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވޭނެކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވޭނެ އެވެ.

ތިއަރީ ކްލާސްތަކާއި ފިޒިކަލް ތަމްރީންތައް ހިމެނޭ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި އެކި އުމުރު ފުރައިގެ މީހުންނަށް ފިޓްނަސް ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ހަރަކާތްތައް ގެންދާނެ އެންމެ ރަނގަޅު ގޮތްތައް އަންގައިދީ އުނގަންނައި ދެވޭނެ އެވެ.

"ހަށިހެޔޮރާއްޖެ" ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މީގެ ކުރިން ވަނީ ރާއްޖޭގެ ފަސް ޒޯނެއްގައި ކުރިއަށްގެންގޮސްފަ އެވެ. މިގޮތުން ޒޯން އެކެއްގެ ރަށްތަކަށް އާމާޒުކޮށް ހިންގި ތަމްރީންތައް ކުރިއަށްގެންދިޔައީ ހދ. ކުޅުދުއްފުށީގަ އެވެ. ޒޯން ދޭއްގެ ތަމްރީންތައް ޅ. ހިންނަވަރުގައި ކުރިއަށްދިޔައިރު، ޒޯން ތިނެއް ކުރިއަށްގެންދިޔައީ މާލޭގަ އެވެ. ޒޯން ހަތަރެއްގެ ރަށްތަކަށް އާމާޒުކޮށް ދ. ކުޑަހުވަދޫގައި ތަމްރީންތައް ކުރިއަށްގެންދިޔައިރު، ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ޒޯން ފަހެއްގެ ތަމްރީންތައް ކުރިއަށްގެންދިޔައީ ލ. ފޮނަދޫގަ އެވެ.

ގދ. ތިނަދޫގައި މިހާރު ކުރިއަށްދާ ޒޯން ހަޔެއްގެ ތަމްރީންތައް ނިމޭނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު