Saturday, November 14
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާނެ - ޕީއެންސީ
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާނެ- ޕީއެންސީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާކަމަށް ވެރިކަން ކުރާ ޕާޓީ ޕީ.އެން.ސީ ން ބުނެފިއެވެ. ޕީއެންސީން މިހެން ބުނީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ގައުމުގެ ފަތުރުވެރިކަމަށް ގެއްލުންދޭން އުޅޭކަމަށް ބުނެ ރޭ ބެއްވި ޕާޓީ ޖަގަހަ ޖަލްސާގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ނިހާދުގެ ވާހަކައިގައި ބުނެފައިވަނީ އިދިކޮޅު އެމްޑީޕީން މާލެ އަތޮޅުގެ ރިސޯޓްތަކަށް އަރައި، ރިސޮޓްތކުގައި އެއްވުމެއް ބާއްވަން ރާވާފައިވާކަމަށާއި މަސައްކަތްތެރިންގެ ހައްޤުގައި މަސައްކަތްކުރާ ޔޫނިއަންތައް މެދުވެރިކޮށް ރާވަމުންދާ އަމަލުތަކަކީ ޓޫރިޒަމް އަށް ދޭ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓިއަކުން އަދި މަދަނީ ޖަމިއްޔާއަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަ ގޮތެއްގައި އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ނުރައްކާތެރި ގެއްލުމެއް ލިބިދާނެ އަމަލެއް ނުހިންގާނެ ކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.  "ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމަންޓުތައް ރައްކާތެރި ކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެ ކަމުގެ އިތުބާރު އެބައޮތެވެ" ޕީއެންސީގެ ބަޔާނުުގައި ބުނެފައިވެއެވެ. ފަތުރުވެރިންނާއި އިންވެސްޓަރުންނަށްވެސް ރައްކާތެރިކަން އޮތް ޞުލޙަވެރި އަމާން މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ޕީއެންސީން ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރޭގެ ޖަލްސާގައި ސްޓޭޓް މިނިސްޓަރ ނިހާދު ދެއްކި ވާހަކާއާއި ގުޅިގެން އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު