Saturday, October 31
މަޖީދީ މަގުގެ ފެންބޮޑުވާ ސަރަޙައްދު ގެ މަގުތައް މަރާމާތުކުރަން ފަށައިފި
މަޖީދީ މަގުގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދު  ގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މާލެގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވުނު ސާވޭގެ ތެރެއިން،  ޗާންދަނީމަގާއި ރަށްދެބައިމާގާއި ދެމެދު މަގު މަރާމާތުކުރުމުގެ މަސައްކަތް މަރާމާތުކުރަން މިހާރު ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ނިމޭއިރު މަޖީދީމަގު މި ސަރަޙައްދު ތަކުގައި،  ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ކުރިމަތިވާ އުނދަގުލަށް ހައްލު ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. ސިޓީ ކައުންސިލުން ވަނީ ބޮޑުތަކުރުފާނު މަގުގެ ހަލާކުވެފައިވާ ކާނުތަކުގެ މަތިތައް ބަދަލުކުރުމުގެ މަސައްކަތާއި ކަލާފާނު ސްކޫލުގެ ދޮރުމަތީ ޕޭވްމަންޓް މަރާމާތުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. މާލޭގައި ބޯކޮށް ވާރޭ ވެހޭދުވަސްވަރު ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެ ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ވަރަށް ބޮޑަށް ދަތިވެއެވެ. މިދިޔަ ހަފްތާގައި މާލެއަށް ވެހުނު ވާރޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު