Saturday, October 31
ވަޒީރު ރާފިޢު މާވަށު ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ކުޅިވަރުގެ ހާލަތު އޮޅުންފިލުއްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ލ. މާވަށު ކައުންސިލާ ބައްދަލުކުރައްވައި، އެ ރަށުގެ ކުޅިވަރުގެ ހާލަތު އޮޅުންފިލުއްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ބުނީ އެ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި މާވަށު ކައުންސިލުން ވަނީ އެ ރަށުގައި މިވަގުތު ހުރި ކުޅިވަރު ވަސީލަތްތަކުގެ ހާލަތާއި، ރަށުގެ ކުޅިވަރުގެ މިހާރުގެ ހާލަތު ވަޒީރާ ހިއްސާ ކުރައްވާފައި ކަމަށެވެ.

މީގެއިތުރުން އެ ރަށުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ކުޅިވަރުތަކާއި، އެ ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް ކައުންސިލުން ހިއްސާކުރެއްވި ކަމަށެވެ.

އެގޮތުން ވަޒީރު ރާފިޢު ވަނީ ކައުންސިލުން އެދިފައިވާ ކަންކަން ކޮށްދިނުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެ، އެ ރަށަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ތަފުސީލުތައް ހިއްސާކުރައްވާފައިވާ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި މާވަށު ކައުންސިލްގެ އިސްވެރިންނާއި، ކުޅިވަރު ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު