Saturday, October 31
އެޗްޑީސީގެ ބޯޑުގެ މެންބަރުންގެ ސަސްޕެންޝަން އުވައިލައިިފި

ބިންވެރިޔާ ސްކީމުގެ ލިސްޓުގައި ނަން ނެތް ބަޔަކަށް ގޯތި ދިން މައްސަލާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ މެންބަރުންގެ ސަސްޕެންޑްކުރި ކުރުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފިއެވެ.

އެޗްޑީސީއާ ގުޅޭ ގޮތުން ފުލުުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކުންފުނީގެ ޗެއާމަން އަޙްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕްރައިވަޓައިިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އުސޫލުން ބޭރުން ގޯތި ދިން މައްސަލާގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ފަޟުލް ރަޝީދު ވެސް މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑްކުރިއެވެ.

ނަމަވެސް ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މި މަހުގެ 21 ވަނަ ދުވަހު ފަޟުލް ވަނީ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފަޟުލް އިސްތިއުފާ ދެއްވުމުން މިހާރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުޙައްމަދު މަޢުރޫފް ޖަމީލެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު