Saturday, October 31
ޗައިނާއިން ލ.ފޮނަދޫ ކައުންސިލަށް މަގު ސާފުކުރާ ވެހިކަލެއް ހަދިޔާކޮށްފި
ޗައިނާގެ ޔުނާން ޕްރޮވިންސްގެ، " ޕީޕަލްސް އެސޯސިއޭޝަން " ގެ ފަރާތުން ހައްދުންމަތީ ފޮނަދޫ ކައުންސިލަށް މަގުސާފުކުރާ ވެހިކަލް އެއް ހަދިޔާކޮށްފި އެވެ. ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވީ، ޔުނާން ޕްރޮވިންޝަލް ޕީޕަލްސް އެސޯސިއޭޝަން ފޯރ ފްރެންޑްޝިޕް ވިތް ފޮރިންގ ކަންޓްރީސް އިން މި ވެހިކަލް ހަދިޔާކުރީ މިއަދު ކަމަށެެވެ. ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވީ، މި ވެހިކަލް ގެ ސަބަބުން އެ ރަށުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ފައިދާތަކެއް ކުރާނެކަމަށެވެ. ވެހިކަލް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔަތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ރާއްޖޭގައި ހުންނަ ޔުނާން ކޮމާޝަލް ރެޕްރެޒެންޓޭޓިވް އޮފީހުގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ. ޗައިނާ އިން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީ އަށް ގިނަ އެހީތެރިކަން ފޯރުކޯށްދޭއިރު ދާދި ފަހުން ޗައިނާ ސަރުކާރުން ވަނީ  ކ. ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު