Saturday, October 31
ފަޒުލް ދިރިއުޅޭ ގެ ބަލައިފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައިގެ ތަޙުޤީޤަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފިއެވެ.

ފުލުހުން ބުނީ ފަޒުލް ދިރިއުޅުއްވާ ގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ބިންވެރިޔާ ސްކީމުން ބޭރުން ގޯތި ދިން ކަމަށް ބުނެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށް އެޗްޑީސީގެ އެމްޑީގެ މަޤާމުން ފަޒުލް ވަނީ މި މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް ފަޒުލް ވަނީ އިންކާރުކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު