އައިޖީއެމްއެޗް އަށް ގެނައި ނޭޕާލްގެ ރައްޔިތަކު ނިޔާވި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
އުމުރުން 25 އަހަރުގެ ނޭޕާލް އަންހެނެއްގެ ހަށިގަނޑު މޯޗަރީ އޮތްކަމުގެ މަޢުލޫމާތު ލިބޭތީ، އެ މީހާގެ މަރާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ބުނީ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމަށް ގެނައި ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ކަންޗަން ދުންގެލް (25 އ.) ނިޔާވެފައިވާ މައްސަލަ 09 ނޮވެންބަރު 2024 ގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި ކަންޗަން ދުންގެލް ހޮސްޕިޓަލަށް ގެނެސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެން ކަމަށާއި، ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި އޭނާގެ ޚަބަރު ހުސްވިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، މެޑިކޯ-ލީގަލް ރިޕޯޓުގައި ކަންޗަން ދުންގެލް ނިޔާވާން މެދުވެރިވި ސަބަބު ނޭނގޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެ ރިޕޯޓުގައި އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައިނުވާ ކަމަށާއި، ކަންޗަން ދުންގެލް އަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކަންޗަން ދުންގެލްގެ ހަށިގަނޑާ ސްޕޮންސަރގެ ފަރާތުން ހަވާލުވެފައި ނުވާތީ ކަންޗަން ދުންގެލްގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައި ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން