Saturday, October 31
ޖަޕާންގެ ޓްރެވަލް އެޖެންޓުންނަށް ރާއްޖެއާ ބެހޭ މަޢުލޫމާތު ދީފި
ޖަޕާންގެ ވެރިރަށް ޓޯކްޔޯގެ ޓްރެވަލް އެޖެންޓުންނާއި އެޑްވައިޒަރުންނަށް ދިވެހިރާއްޖެއާ ބެހޭ މަޢުލޫމާތު ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ. ޖަޕާންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކުރިއަށްގެންދިޔަ މި ސެޝަންގައި ރާއްޖެއަށް ދަތުރުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާ ބެހޭ މަޢުލޫމާތު ބައިވެރިންނަށް ވަނީ ދީފައެވެ. އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި މި ސެޝަންގައި ވަނީ އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ޖަޕާންގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤުޞަދުގައި، ރާއްޖެއަކީ "ޓޮޕް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި އަލިއަޅުވާލާފައި ކަމަށެވެ. ޖަޕާންގައި ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މެލޭޝިއާ އެއާލައިންސް ގުޅިގެން ވަނީ ވެބިނާއެއްވެސް ބާއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު