Friday, November 20
26 ތަނެއް ބަލައި ފާސްކޮށް، 04 މީހަކު ހައްޔަރަށް

އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 04 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ މުއައްސަސާއިން ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ޚާއްޞަކޮށް އާދީއްތަ ދުވަހު ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގައިފައެވެ. އެގޮތުން އެ އޮޕަރޭޝަންގެ ތެރެއިން 26 ތަނެއް ބަލައި ފާސްކޮށް، 04 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން މިދިޔަ ހޮނިހިރު ދުވަހުވެސް ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ހިންގި ރެއިޑު އޮޕަރޭޝަންގައި 08 ފިހާރަ، 04 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 01 ސެލޫން ބަލައި ފާސްކޮށްފައިވާއިރު، މީގެތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 03 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.

އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން ރެއިޑް އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު