Saturday, October 31
ހީނާ ވަލީދު ވައްކަމެއް ނުކުރާނެ: ޝުޖާއު

ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވައްކަން ނުކުރާނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ އެންސްޕާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިިވާ ދަނޑިވަޅެއްގައެވެ.

ދާދިފަހުން ބްރޯޑްކާސްޓިން ފެށި "އެމްއެމް ޓީވީ" ޗެނަލްގެ ކުންފުނި ކަމަށްވާ، މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާ އިމާރާތެއްގެ ފްލޯތަކެއްގައި އެންސްޕާ ހިންގަން ކުއްޔަށް ހިފުމުން، ފާޑުކިޔުންތައް އަމާޒުވެ އެންސްޕާ އިން މިހާރު ވަނީ މޯލްޑިވްސް މީޑިއާ ހައުސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފަ އެވެ.

އަދި މި ޓީވީ ޗެނަލަށް އެންސްޕާ އިން 34 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައިވެ އެވެ. މި މައްސަލަ ބަލައިދިނުމަށް އެދި އެންސްޕާ އިން ވަނީ އޭސީސީއަށް ވެސް ހުށަހަޅާފަ އެވެ.

މިކަމާ ގުޅިގެން ހީނާގެ އިސްތިއުފާ އަށް ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު، ޝުޖާއު ވިދާޅުވީ ހީނާ ވައްކަމެއް ނުކުރާނެ ކަމަށާއި އެއީ ސައްތައިން ސައްތަ ޔަގީން ކަމެއް ކަމަށެވެ.

https://twitter.com/IbrahimShujaau/status/1871268182058807795

"ހީނާ އަދާކުރަމުންދާ ގައުމީ ވާޖިބަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ފުރައްސާރަ ކުރިޔަސް ހީނާ ގައިގައި އެކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ވެސް ހުންނާނެ. އޮޅިގެން ނޫޅުއްވާ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވި އެވެ.

އަދި ހީނާ މާޔޫސްވެ އިސްދަށަށް ޖަހާނެ ކަމަށް އެމްޑީޕީ އާއި އެ ޕާޓީއަށް ވާގިވެރިވާ ފަރާތްތަކުން ދެކުމަކީ ކުށްހީއެއް ކަމަށާއި ހީނާ އަކީ އެމްޑީޕީ ވެރިކަމުން ބާލަން ކުރި މަސައްކަތުގެ އެއް ފަހުލަވާނު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު