Saturday, October 31
ސީރިޔާގެ އަންހެނުންގެ ކަންތައްތަކާބެހޭ ވަޒީރު އައިޝާ އަލް ދިބްސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަނީ

ސީރިއާގެ ވަގުތީ އައު ސަރުކާރުގައި އަންހެނުން މުހިއްމު ދައުރެއް އަދާކުރާނެކަމަށް އަލަށް އައްޔަންކުރެވުނު އަންހެނުންގެ ކަންތައްތަކާ ބެހޭ ވަޒީރު, އައިޝާ އަލް ދިބްސް, ނޫސްވެރިންނަށް ދިން އިންޓަވިއު އެއްގައި ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޤައުމު އަލުން ބިނާކުރުމުގައި އަންހެނުން ހިއްސާކުރެވޭނެ ގޮތްތައް ސަރުކާރުން ތަނަވަސްކޮށްދޭން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން, އިޖުތިމާޢީ، ސަގާފީ އަދި ސިޔާސީ މުއައްސަސާތަކުގައި ސީރިއާގެ އަންހެނުން ބައިވެރިކުރުވުމަށާއި، ޚާއްސަކޮށް ސިއްހީ އަދި ތަޢުލީމީ ފަދަ ދާއިރާތަކުން ޤާބިލު އަންހެނުން ވަޒީފާއަށް ނެރުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައިވާ ކަމަށް ވެސް އަލް ދިބިސް ވަނީ ވިދާޅުވެފަވެ.

ޤައުމުގެ މުސްތަޤްބަލާ ބެހޭގޮތުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތެރެއިން ކުރިއަށް އޮތް ޤައުމީ ބައްދަލުވުންތަކުގައި, ސީރިއާގެ ހުރިހާ ސަރަޙައްދުތަކުން އަންހެނުން ބައިވެރިވުމަށް ހިތްވަރުދޭނެ ކަމަށް އޭނާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަލް ދިބްސް ވިދާޅުވީ، އަންހެނުންގެ ކަންތައްތަކާބެހޭ އޮފީސް އުފައްދައި، އޭނާ އެ އޮފީހުގެ އިސްވެރިޔާގެ ގޮތުގައި ހަމަޖެއްސީ އައު ސަރުކާރުގައި ސީރިއާގެ އަންހެނުންގެ ދައުރާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު