Saturday, October 31
ނިސާން އަދި ހޮންޑާ އިން "މާރޖް" ކުރުމަށް ނިންމައިފި

ޖަޕާނުގެ ހޮންޑާ އަދި ނިސާން އިން މާރޖް ކުރުމަށް ނިންމައިފިއެވެ.

މި ދެ ކުންފުނީގެ ވިޔަފާރި މާރޖް ކޮށްފިނަމަ, މިއީ ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު ކާރު އުފައްދާ ކުންފުންޏަށް ވެގެންދާނެއެވެ. ނަމަވެސް މި ދަނޑިވަޅަކީ ކާރު އުފެއްދުމުގެ ސިނާޢަތްތައް ފޮސިލް ފިއުލް އިން ދުރުހެލިވުމުގެ ސިޔާސަތުތަކަށް ތަބާ ވަމުންދާ ދުވަސްވަރެކެވެ.

މި ދެ ކުންފުނީގެ ރައީސުން ކަމުގައިވާ ހޮންޑާގެ ތޮޝިހިރޯ މިބެ އަދި ނިސާންގެ މަކޮތޯ އުޗިދާ ވަނީ ހޯމަ ދުވަހު މިކަމާ ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ދެ ކުންފުނި މާރޖްކޮށް އުފުއްދާ ކުންފުނި ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއާއެކު މި ކުންފުންޏަށް ޓޮޔޯޓާ އަދި ވޯކްސްވެގަން އަށްފަހު މި ވިޔަފާރީގެ މާކެޓްގައި ތިންވަނައަށް ފައިހަމަކުރާނެ ކަމަށް ލަފާކުރެވެއެވެ.

މިހާރު ޖަޕާނުގެ ދެވަނައަށް އެންމެ ބޮޑު ކާރު އުފައްދާ ކުންފުންޏަކީ ހޮންޑާއެވެ. އަދި މިއީ ނިސާން މިހާރު އޮތް އަނދަވަޅުން ސަލާމަތްކުރެވޭނެ ކަމަށް ބެލެވޭ ހަމައެކަނި ކުޅަދާނަ ކުންފުނި ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ނިސާން ވަނީ ކުރީގެ, އެކުންފުނީގެ ކުރީގެ ޗެއަރމަން ކާލޮސް ގޯން 2018 ގައި މަކަރާއި ހީލަތުން އަދި ކުންފުނީގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ކުށުގެ ދަޢުވާތަކެއްގައި ހައްޔަރުކުރެވުނު ފަހުން, ގިނަ ދަތިތަކާއި ކުރިމަތިލަމުން އައިސްފައެވެ.

ގޯން ވަނީ މި ދަޢުވާތައް ދޮގުކޮށް، ބެއިލްގައި ދޫކޮށްލުމަށްފަހު ލުބުނާން އަށް ގޮސް ފިލައިފައެވެ.

ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އަގު ހުރި ނިސާން އިން މިދިޔަ ނޮވެމްބަރު މަހު ބުނެފައި ވަނީ އެކުންފުނީގެ 9،000 މުވައްޒަފުން ދުނިޔޭގެ ހިސާބުތަކުން މަދުކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން 20 އިންސައްތައިން ދަށްކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ 9.3 ބިލިއަން ޔެން (60 މިލިއަން ޑޮލަރު) ގެ ގެއްލުމެއް އެ އަހަރު ކުންފުނީގެ ކުއާޓަރލީ ރިޕޯޓުގައި ހާމަކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ.

ހޮންޑާގެ މިބެ ބުނެފައިވާ ގޮތުގައި، ފުރަތަމަ މަރުޙަލާގައި މާރޖް ކުރެވެ ކުންފުނީގެ އައު މެނޭޖްމަންޓް ހިންގުމުގައި އިސްދައުރެއް އަދާކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު