Saturday, October 31
ޕީއެސްއެމްގެ ޗެއާޕާސަން ކަމުގެ މަގާމަށް ނަމްޒާ އައްޔަންކޮށްފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާޕާސަން ކަމުގެ މަގާމަށް ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، ޗެއާޕާސަން ކަމުގެ މަގާމަށް މ.ހަނީކޯމްބް، އާމިނަތު ނަމްޒާ މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ލ.އިސްދޫ، މާގަސްދޮށުގެ އިބްރާހީމް ނަސްރީން އައްޔަންކޮށްފައިވާ ކަމަށް ވެސް ޕީސީބީއިން ވަނީ ބުނެފައެވެ.

މި ސަރުކާރު ފެށުނުއިރު ނަމްޒާ ހުންނެވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައެވެ.

ނަމްޒާއަކީ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަޝްހޫރުވި ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ޕްރޮގްރާމު ހުށަހަޅައިދެއްވަން ފެށްޓެވީ 2001 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު