Saturday, October 31
އެމްއެންޑީއެފުން ފޮނަދޫގައި ކަސްރަތު ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ރަށު ފެންވަރުގައި ކަސްރަތު ޕުރޮގުރާމުތައް ރާވައި، ކުރިއަށްގެންދާނެ ގޮތްތައް ކިޔައިދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ. ފޮނަދޫގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ރަށުގައި ބޭއްވި "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމުގެ ހަވާސާގައި ބޭއްވި މި ސެޝަންތަކުގައި ތ. އަތޮޅާއި ލ. އަތޮޅުގައި މަސައްކަތްކުރާ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ސްޕޯޓް ކައުންސިލަރުން ބައިވެރިވިއެވެ. ޑިސެންބަރު 17 އަދި 18 ވަނަ ދުވަހު ކުރިއަށްގެންދިޔަ ސެޝަންތަކުގައި އެކި އުމުރުފުރާތަކަށް ޚާއްޞަކޮށްގެން، ކަސްރަތާއި މޫދު ކަސްރަތު ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދާނޭ ގޮތްތައް ކިޔަވައިދީފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ސެޝަންތަކުގައި ކިޔަވައިދިނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު