Saturday, October 31
އެމްޑީޕީ ސަރުކާރުން ބޭއިންސާފުން އެއްވެސް ގޯއްޗެއް ދީފައެއް ނުވާނެ: އަކްރަމް
މިދިޔަ އެމްޑީޕީ ސަރުކާރުން ބޭއިންސާފުން އެއްވެސް ގޯއްޗެއް އެއްވެސް މީހަކަށް ދީފައި ނުވާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހައުސިންގ ކޮމިޓީގެ މުޤައްރިރު، އަކްރާމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. އަކްރަމް މިހެން ވިދާޅުވީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ކޮރަޕްޝަނާ ގުޅިގެން، ގޯތި ލިބޭ މީހުންގެ ލިސްޓު ކުރީގައިވެސް ހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މިގޮތުން ރައީސް ނަޝީދުގެ ޕޯސްޓަށް ރައްދު ދެއްވައި އަކްރަމް ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ގޯތި ދީފައިވާނީ ހަމަޖެއްސި އުޞޫލާ ގަވާއިދާ އެއްގޮތަށް ކަމަށާއި، ބޭއިންސާފުން އެއްވެސް ގޯއްޗެއް އެއްވެސް މީހަކަށް ދީފައި ނުވާނެ ކަމަށެވެ. އަދި، ގޯތި ދިނުމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވީވެސް ރައީސް ނަޝީދު ކަމުގައި އަކްރަމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައިސް ނަޝީދު ވިދާޅުވީ، ނުޙައްޤުން ގޯތި ބަހާފައިވަ މައްސަލައާ ގުޅޭގޮތުން އަނެއްކާވެސް ދަންނަވަން އޮތީ މީގެ ކުރީގައިވެސް ދެންނެވި ވާހަކަ ކަމަށެވެ. އެގޮތުން ކުރީގައިވެސް ލިސްޓު ހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށާއި، މިފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް އެކުލަވާލެވުނީ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައ ިވިދާޅުވެފައިވެއެވެ. "އެހެންނަމަވެސް މިފަހަރު މިވަނީ މި މައްސަލަ ތަޙުޤީޤުކުރަން ފަށައި އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފައި"، ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އުއްމީދުކުރައްވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ރަނގަޅު ތަޙުޤީޤެއް ހިންގާނެ ކަމަށް އަދި މަޢުރޫފް ޖަމީލް އެންމެ ކަންކަން އިޞްލާޙު ކުރައްވާނެ ކަމަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު