Saturday, October 31
މަޢުރޫފް އެންމެހައި ކަންތައްތައް އިޞްލާޙުކުރައްވާނެ ކަމަށް އުއްމީދުކުރަން: ރައީސް ނަޝީދު
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަލަށް ޢައްޔަނުކުރެވުނު މެނޭޖިންގ ޑިރެކްޓަރ، މަޢުރޫފް ޖަމީލް، އެންމެހައި ކަންކަން އިޞްލާޙުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައިސް ނަޝީދު ވިދާޅުވީ، ނުޙައްޤުން ގޯތި ބަހާފައިވަ މައްސަލައާ ގުޅޭގޮތުން އަނެއްކާވެސް ދަންނަވަން އޮތީ މީގެ ކުރީގައިވެސް ދެންނެވި ވާހަކަ ކަމަށެވެ. އެގޮތުން ކުރީގައިވެސް ލިސްޓު ހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށާއި، މިފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް އެކުލަވާލެވުނީ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައ ިވިދާޅުވެފައިވެއެވެ. "އެހެންނަމަވެސް މިފަހަރު މިވަނީ މި މައްސަލަ ތަޙުޤީޤުކުރަން ފަށައި އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފައި"، ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އުއްމީދުކުރައްވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ރަނގަޅު ތަޙުޤީޤެއް ހިންގާނެ ކަމަށް އަދި މަޢުރޫފް ޖަމީލް އެންމެ ކަންކަން އިޞްލާޙު ކުރައްވާނެ ކަމަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު