Saturday, October 31
މެރިކަލްޗަރ ދާއިރާއިން ތަމްރީނު ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ފަސްޓް އިންސްޓިޓިއުޓު އޮފް އޮޝަނޮގުރަފީގެ ޓީމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙުމަދު ޝިޔާމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުގައިވަނީ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓާއި ފަސްޓް އިންސްޓިޓިއުޓު އޮފް އޯޝަނޯގުރަފީއާއި ދެމެދު އެއްބަސްވުމެއް ސޮއިކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

އަދި، މެރިކަލްޗަރ ދާއިރާއިން ތަމްރީންތައް ހިންގުމާއި ގުޅިގެން ދިރާސާތައް ކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު