Saturday, October 31
ބްރެޒިލްގައި މަތިންދާބޯޓެއް ވެއްޓި 10 މީހުން މަރުވެއްޖެ

ބްރެޒިލްގެ ފަތުރުވެރިކަމުގެ ސިޓީއެއް ކަމުގައިވާ ގްރަމާޑޯ މަރުކަޒުގައި ހުރި ފިހާރަތަކުގެ ތެރެއަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.

ޖުމްލަ 10 މީހުންނާއި އެކު ދަތުރުކުރި މި މަތިންދާބޯޓުގައި ތިބި އެއްވެސް މީހަކު ސަލާމަތްނުވާ ކަމަށް ސިވިލް ޑިފެންސްގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ރިއޯ ގްރާންޑެ ދޯ ސުލް ސްޓޭޓްގެ ޕަބްލިކް ސެކިއުރިޓީ އޮފީހުން ބުނެފައިވާ ގޮތުގައި މަދުވެގެން 15 މީހުން ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އީ ބޯޓު ވެއްޓުމާއެކު ރޯވި އަލިފާނުގެ ދުމުގެ އަސަރުކޮށްގެން ނޭވާލުމަށް އުނދަގޫވި މީހުންނެވެ.

ބޯޓު ވެއްޓުމާއި އެކު ފުރަތަމަ ގޮސް ޖެހުނީ އިމާރާތެއްގެ ދުންހޮޅިއެއްގައެވެ. އެއަށްފަހު ގެއެއްގެ ދެވަނަ ފަންގިފިލާގައި ޖެހި, ފަރުނީޗަރު ފިހާރައެއްގެ މައްޗައް ވެއްޓިފައިވާ ކަމަށް ވެސް އޮތޯރިޓީތަކުން ބުނެފައިވެއެވެ.

ފަރުބަދަ ސަރަޙައްދެއްގައި އޮންނަ ބްރެޒިލްގެ ގްރަމާޑޯއަކީ ރިއޯ ގްރާންޑެ ދޯ ސުލްގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެވެ. މި ސްޓޭޓަށް މިއަހަރުގެ ކުރީކޮޅު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަކާ ގުޅިގެން ވެސް ގިނަ އަދަދެއްގެ މީހުން މަރުވެ، އިންފްރާސްޓްރަކްޗަރ ހަލާކުވެ، ސްޓޭޓްގެ އިޤްތިޞާދަށް ބޮޑުތި  އަސަރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ކްރިސްމަސް ކައިރި ވެފައި ވަނިކޮށެވެ. މިއީ މި ސިޓީއަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ދުވަސްވަރެވެ. މި ދުވަސްވަރު މި ސިޓީ އާންމުކޮށް ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، އުފާވެރި ގިނަ ޙަފްލާތައް ބާއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު