Saturday, October 31
މައުރޫފް ޖަމީލަކީ އަމާނާތްތެރިކަމާއިއެކު މަަސައްކަތް ކުރާނޭ ކުޅަދާނަ ބޭފުޅެއް: ރައީސް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އެމަނިކުފާނު އައްޔަން ކުރެއްވި މައުރޫފް ޖަމީލަކީ އަމާނާތްތެރިކަމާއު އެކު މަަސައްކަތް ކުރާނެ  ކުޅަދާނަ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ބޭރުގައި މިއަދު މީޑިއާތަކާއި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މައުރޫފަކީ އެމަނިކުފާނު އިތުބާރު ކުރައްވާ ތެދުވެރި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އަދި މައުރޫފް ގެ ލީޑާރޝިޕްގެ ދަށުގައި އެޗްޑީސީއަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަން ޔަޤީނަ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އާކިޓެކްޗަރ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ މައުރޫފް ޖަމީލަކީ 19 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި ފަރާތަކެވެ. ރައީސް މައުމޫނުގެ ދައުރުގެ ކޮންސްޓްރަކްޝަންސް މިނިސްޓަރ ކަމުގެ މަޤާމު އަދާ ކުރެއްވުމުގެ އިތުރުން، މައުރޫފް ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި މިހުން އާބާދު ކުރުމަށްޓަކައި އަމަލީ ގޮތުން މައުރޫފް ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ފޭސް 1 ގައި ބިނާކުރި ފުރަތަމަ މިސްކިތް ތަރައްޤީކުރެއްވުމާއި، ސްކޫލްތަކުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމަށް މައުރޫފް ވަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވާފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރގެ މަޤާމަށް މައުރޫފް އައްޔަނު ކުރެއްވުމާއި ގުޅިގެން ކުރީގެ ރައީސުންނާއި، މި ސަރުކާރުގެ އިސް ފަރާތްތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ އެބޭފުޅާއަށް މަރުހަބާ ކިޔަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު