Saturday, October 31
ނަސްރީން/ ފޮޓޯ:ސަން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިބްރާހީމް ނަސްރީން އައްޔަނު ކުރައްވައިފި އެވެ.

ނަސްރީން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު، މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސައީދު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަސްރީން އަކީ މި ސަރުކާރުން އެ ކުންފުންޏަށް އައްޔަންކުރި 3 ވަނަ މެނޭޖިން ޑިރެކްޓަރަށްވާއިރު، އެބޭފުޅާއަކީ ޕީއެސްއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ފަރާތެކެވެ.

ނަސްރީން މީގެކުރިން ހުންނެވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފުރަތަމަ އައްޔަންކުރީ ޒީނާ ޒާހިރު އެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހު ޒީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު