ފުލެޓަށް ކުރިމަތިލުމަށް އަލުން ހުޅުވާލި ކަމަށް ބުނެ ދައުރުވަމުންދާ މެސެޖުތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ހައުސިންގ މިނިސްޓްރީގެ ލިޔެކިޔުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފުލެޓްތަކަށް އަލުން ފޯމުލުމުގެ ފުރުޞަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ޞައްޙަ މެސެޖެއް ނޫން ކަމަށާއި، އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
މި ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ހައުސިންގ މިނިސްޓްރީގެ ސާވާތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވީ ނަމަވެސް، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ލިސްޓުތަކާއި ލިޔެކިޔުންތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ހައުސިންގ މިނިސްޓްރީން ވަނީ ދީފައެވެ. އެގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅޭ ލިޔެކިޔުންތައް ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ، އަލިފާނުގެ ހާދިސާގައި އެ މަޢުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.
މި ލިޔުން ކިޔާލުމުން