Monday, November 16
އެމްޓީސީސީގެ ލޯންޗުތައް ހަލާކުވެ، ހުޅުމީދޫ ދަތުރުފަތުރުގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އައްޑޫ ސިޓީގައި ދެމުން އައި ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

މިގޮތުން ދަތުރުފަތުރުތަކަށް އެ ކުންފުނިން ބޭނުންކުރަމުން އައި ލޯންޗުތައް ހަލާކުވެ، އައްޑޫގެ ރައްޔިތުންނަށާއި އެ ސިޓީއަށް ޗުއްޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ލޯންޗުތައް ހަލާކުވުމާ ގުޅިގެން މިހާރު އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ އާ ދެމެދު ދަތުރުކުރުމަށް ބޭނުންކުރަނީ ފެރީއެކެވެ.

އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށް ބުރުއެރުމުގެ  ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ވިޔަފާރިވެރިންނަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް "ސަބަބު" އިން އެމްޓީސީސީގެ ޕަބްލިކް ރިލޭޝަންސް އަށް ގުޅުމުން މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު