Saturday, October 31
ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އައި.ސީ.ޖޭ ގެ ލަފާ ހޯދުމަށް ހުށަހެޅި ޤަރާރަށް ރާއްޖެއިން ތާއީދުކޮށްފި

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދުމުން މި ޤަރާރު ފާސްކޮށްފަިއވަނީ  މި މަހުގެ 19 ވަނަ ދުވަހުއެވެ.

މި ޤަރާރު ހުށަހަޅާފައިވަނީ ނޯވޭ ގެ އިސްނެގުމާއެކު، އެހެން ޤައުމުތައް ހިމެނޭ ގްރޫޕަކުންނެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން މި ޤަރާރު ކޯ-ސްޕޮންސަރކޮށް މި ޤަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖެ ހިމެނޭހެން 137 މެމްބަރު ޤައުމުގެ ވޯޓާއެކު ކަމަށެވެ.

ރާއްޖެއިން ޤަބޫލުކުރާ ގޮތުގައި މިއީ އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފޮރިން މިިނިސްޓްރީން ވިދާޅުވެއެވެ.

އަދި، މި ޤަރާރަށް ލިބިފައިވާ ތާއީދަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާ ބާރެއްކަމުގައިވެސް ރާއްޖެއިން ޤަބޫލުކުރާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު